މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި ބައުޒަރުން ޖެހިފައިވަނީ އެއާޕޯޓްގާއި ޕާކުކޮށްފައި އޮތް ފްލައި ދުބާއީ މަތިންދާ ބޯޓެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ ، ފްލައިދުބާއީގެ ބޮއިން 737 މަރުކާގެ ބޯޓުގެ ފިޔަގަނޑުގައި ތެޔޮ ބައުޒަރުން ޖެހުނީ ތެޔޮ އަޅަން ޕާކުކޮށްފައި އޮއްވާކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމްއޭސީއެލުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.