ads
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ފޮޓޯއެއް
ގެވެށި އަނިޔާ ހުއްޓުވަން 500 ޒުވާނުން ތަމްރީނު ކުރަނީ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި 500 ޒުވާނުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
Advertisement

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން، މުޖުތަމައަށް ނެރެނީ "ޔޫތް ޕިއާ އެޑިއުކޭޓަރުން" ނުވަތަ އެކުވެރިންނަށް އެހީތެރިވެދޭނެ ޒުވާނުންގެ ގްރޫޕެކެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވާ ޕިއާ އެޑިއުކޭޓަރުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މުހިންމު މައުލޫމާތު ހިއްސާކޮށް، އެކުވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ބައެކެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިލްމީ އަދި ދުޅަހެޔޮ ހިޔާލުތައް ފޯރުކޮށްދިނުމުގައި މި ޒުވާނުން މައިގަނޑު ދައުރެއް އަދާކުރާނެއެވެ. އަދި ދޭދޭ ގުޅުންތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ހުނަރުތަކާއި، ދިމާވާ ކަންކަމުގައި އެހީތެރިވުމަށްވެސް މި އެޑިއުކޭޓަރުން މަސައްކަތް ކުރާނެއެވެ.

"އެކު އެކީ" ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ފަދަ އަމަލުތައް ހިނގުމުގެ ކުރިން، އެކަން ހުއްޓުވުމަށް ބޭނުންވާ ހުނަރުތައް ޒުވާނުންގެ މެދުގައި އަށަގެންނެވުމަށެވެ. މީގެ ތެރޭގައި ޒުވާނުންނަށް މައުލޫމާތު ހިއްސާކުރާނެ ރައްކާތެރި މާހައުލެއް ގާއިމްކުރުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓް މި އަހަރުގެ އޮގަސްޓު މަހު ވަނީ ހދ. އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް