ads
މިނިސްޓަރު އަލީ އިހުސާން ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ސަރުކާރު
ސަރުކާރުން ބޭނުންވާ ފެންވަރަށް ފުލުހުންގެ މަސައްކަތް ކުރިއަށް ނުދޭ: މިނިސްޓަރު އިހުސާން
ދައުލަތުންނާއި ސަރުކާރުން ބޭނުންވާ ފެންވަރަށް އަދި ފުލުހުން ގަބޫލުކުރާ މިންވަރަށްވެސް ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް މިހާރު ކުރިއަށް ނުދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް ހަރުދަނާކުރުމަށް "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ނަމުގައި ފެށި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެ، ގާނޫނުތަކާއި ރައްޔިތުންގެ އުންމީދުތައް މާ ބޮޑަށް ވެސް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް، ކޮންމެ ސަރުކާރެއްގައި ވެސް އޮންނަންޖެހޭ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓާ އެއްވަރަށް ފުލުހުންނަށް އަދި މަސައްކަތް ނުކުރެވޭކަން ފާހަގަކުރެއްވިއެވެ. އަދި ބެލިބެލުމުން ފުލުހުންގެ މަސައްކަތްތައް، ސަރުކާރާއި ޚުދު ފުލުހުން ވެސް ގަބޫލުކުރާ މިންވަރަށް ނުހިނގާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ ނަތީޖާ ނެރެދިނުމަށް ނުކުޅެދޭނަމަ ފުލުހުންގެ ހިދުމަތުގައި ދެމި ނުތިބެވޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ކުރިއަށް އޮތް ތަނުގައި އިދާރީ މަސައްކަތްތައް މަދުކޮށް، މަގުމަތިން ފެންނަ ފުލުހުން އިތުރުކޮށް، ތަހުގީގުތައް އަވަސް ކުރުމުގެ އިތުރުން ރައްޔިތުންނަށް ކުށް މަދުކަމުގެ އިހުސާސްކޮށްދޭން ޖެހޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި ކޮންފަރެންސަކީ ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލުމަށް ބާއްވާ ބައްދަލުވުމެކެވެ. މުޅި މުއައްސަސާ ތަމްސީލުވާހެން 170 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި މަހާސިންތާގައި، އަސާސީ ގޮތުން ހައްލުކުރަން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް