ads
މަނަދޫ---ފޮޓޯ:ޑިސްކަވާ މަނަދޫ
މަނަދޫގައި ހެލްތު ކެއާގެ 15 އޮފިސަރުން އައިސޮލޭޓްވާން އަންގައިފި
ނ. މަނަދޫގައި ހެލްތު ކެއާގެ 15 އޮފިސަރުން އައިސޮލޭޓްވާން އަންގައިފި އެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަނަދޫގައި ހެލްތު ކެއާގެ ޕްރޮންޓުލައިނުގައި މަސައްކަތް ކުރާ 15 މީހަކު ކޮންޓެކްޓް ޓެރޭސިންގެ ތެރެއިން އައިސޮލޭޝަނުގައި މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.

އެކަމަކީ ސިއްހީ ސަލާމަތްތެރިކަން ޔަގީންކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

"އެއީ މަނަދޫއިން މާލެއަށް ގެނެވުނު މީހެއް، ކޮވިޑް-19 އާ ގުޅިގެނެއް ނޫން، އަލާމާތްތައް އެގޮތަކަށް ހުރެގެނެއް ނޫން، ނެގައި ބަލި މީހެއް، އޭނާގެ ކިބައިން ނެގުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާތީވެ، އޭނާ އާ ކޮންޓެކްޓު ހުރިކަމަށް ކޮންޓެކްޓު ކްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު 15 މީހަކު މިވަނީ އިހަށް މަޑުކޮށްލުމަށް އަންގާފައި" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެކަމާ ގުޅިގެން މަނަދޫ ހޮސްޕިޓަލުގައި މީހުން އާންމުކޮށް ބަލާ ގަޑި މަދުކޮށް، އިތުރު ގަޑިތަކަކީ ހަމައެކަނި އެމަޖެންސީގައި ކޮންސަލްޓޭޝަނަށް ހުޅުމާލާފައިވާ ގަޑިތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް