ads
ޑޮލީ އަދި މައިލީ ސައިރަސް
ޑޮލީ ޕާޓަންގެ ސިއްހީ ހާލަތު އަންނަނީ ރަނގަޅުވަމުން: މައިލީ ސައިރަސް
މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަންއަށް ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް، މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބުނެފިއެވެ.
Advertisement

މައިލީ މިހެން ބުނެފައިވަނީ ޑޮލީގެ ސިއްހީ ހާލަތާ ގުޅޭގޮތުން ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައެވެ.

ޑޮލީގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން މައިލީ ބުނީ، ޑޮލީއަކީ އަބަދުވެސް މަސައްކަތުގައި ދެމިހުންނަ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް އޭނާ "ޝޯ ކުރިއަށް ގެންދާނެ" ކަމަށް މައިލީ ފާހަގަކުރިއެވެ. މިއަހަރުގެ ކުރީކޮޅު ޑޮލީއަށް ސިއްހީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އޭނާ މިހާރު އަންނަނީ އެކަމުން އަރައިގަންނަމުންނެވެ.

މީގެ އިތުރުން، ޑޮލީއާ ގާތް މީހަކު "ޕީޕަލް" މެގަޒިންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޑޮލީގެ ހާލު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އުމުރުން ދުވަސްވީ ނަމަވެސް ޑޮލީ ފެންނަނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. އަދި އޭނާގެ ސިއްހީ ކަންކަން ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން އެ ފަރާތުން ވަނީ ދީފައެވެ.

ކަންޓްރީ މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި ބެލެވޭ ޑޮލީ ޕާޓަންގެ ސިއްހީ ހާލަތާ މެދު އޭނާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް މައިލީގެ މި ވާހަކަތަކާއެކު، ޑޮލީގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މައިލީއާއި ޑޮލީއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް