ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ސެލޫނެއްގައި މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދިން ފުލުހަކު ބަންދުކޮށްފި
މާލޭގެ ސެލޫނަކަށް ވަދެ އެ ތަނުގައި ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
Advertisement

މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، އަސަރީވިލާ، އުމުރުން 43 އަހަރުގެ އަލީ މަނިކެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އެ މީހާ ސެލޫނަށް ވަދެ އެ ތަނުގެ ތަކެއްޗަށް ގެއްލުންދީ، އެ ތަނުގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މީގެއިތުރުން، މިކަން ހުއްޓުވުމަށްޓަކައި އެ ސަރަހައްދަށް ދިޔަ ފުލުހަކަށް ވެސް އޭނާ ހަމަލާދީ، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހަވަނަ ދުވަހުން ފެށިގެން އޭނާ ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ޖިނާއީ ތަހުގީގުގެ އިތުރުން، ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އޭނާއާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް