ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ ހެންވޭރު ރައްޔިތުންނާއި ކުރެއްވި ބައްދަލުވުނުގައި އުމުރުން ދުވަސްވީ މިހެއްގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުންނެވެ.
ޕެންޝަން ފަންޑުން މިވަގުތު ފައިސާ ނެގެނީ ބޯހިޔާވަހިކަމާއި ހައްޖަށް ދިޔުމަށް އެކަންޏެވެ. އެވެސް ނެގެނީ ވަކި ވަރެއް ހަމަވުމުންނެވެ.
ހެންވޭރު ރައްޔިތަކު ރޭ ރައީސްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަނީ އަމިއްލަ ބޭނުމަށް ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ބޭނުން ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މީހާގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިތުރު ކަންކަމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހެދުމަށްޓަކައި ގާނޫނު އިސްލާހުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގާނޫނަށް އެ ބަދަލު ގެނައުމުން ވަރަށް ގިނަ ފުރުސަތުތައް ޕެންޝަން ފައިސާ ބޭނުންކުރުމަށް ހުޅުވިގެންދާނެ އެވެ.
ޕެންޝަން ފަންޑުން މިވަގުތު ފައިސާ ނެގެނީ ބޯހިޔާވަހިކަމާއި ހައްޖަށް ދިޔުމަށް އެކަންޏެވެ. އެވެސް ނެގެނީ ވަކި ވަރެއް ހަމަވުމުންނެވެ.