ads
ބީއެމްއެލް ސްކޭމް އެލާޓް
މިދިޔަ ހަފްތާގަ ސްކޭމްތަކުގައި ބައިމިލިއަނުގެ ގެއްލުން
ހަފްތާއެއްގެ ތެރޭގައި ސްކޭމް އާއި ގުޅިގެން ބައިމިލިއަން ރުފިޔާ ގެއްލިއްގެން ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
Advertisement

އެ ސެންޓަރުން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ދިޔަ ހަފްތާތެރޭގައި އެކަނިވެސް 546090.27 ރުފިޔާ ގެއްލިގެން ރިޕޯޓް ކޮށްފައި ވާކަމަށާއި އޭގެ ތެރެއިން 180109 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމުގައި އެވެ.

އަދި މި ދިޔަ ހަފްތާގެތެރޭގައި ސްކޭމް އާއި ގުޅޭ 48 މައްސަލައެއް އެ ސެންޓަރަށް ހުށަހެޅިފައިވާ ކަމުގައި އެވެ. 

ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފުތާގައި ގިނައީ ކާކުކަން އޮޅުވާލައިގެން ކޮށްފައިވާ ސްކޭމްތަކެވެ. 

އެ ގޮތުން، އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ 18 މައްސަލައެއް ފުލުހުންނަށް އެ ހަފުތާގައި ހުށަހެޅިއިރު، އޮންލައިން ވިޔަފާރިތަކުގެ ނަމުގައި ކުރި 15 ސްކޭމަކާ ލިންކުތައް މެދުވެރިކޮށް ސްކޭމްކުރި ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ. 

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މަަންސަތަކަށް ބަލާ އިރު ފޯން ކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ޕިސިންގް ލިންކްސް އަދި ފޭސްބުކް މާކެޓްޕްލޭސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. 

އެއްވެސް މީހަކު ވަރަށް މުހިއްމު ބޭނުމެއް ޖެހިގެން ނަމަވެސް ފައިސާ ހޯދަން މެސެޖުކޮށްފިނަމަ އެ މެސެޖަށް ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެމީހަކަށް ސީދާ ގުޅުމަށްފަހު އެކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ސަބަބަކީ މީ ފަަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުން އަންނަ ގޮތްކަމަށް ވާތީއެވެ.

މީގެ އިތުރުން ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް