ads
ފުލުހުން
އުމުރުގައި 30 އަހަރު ތަފާތު، ދެ ލޯބިވެރިން އެކަކު އަނެކަކު ޒަހަމްކޮށްލައިފި
އުމުރުގެ ގޮތުން ބޮޑު ތަނުން ތަފާތު ދެ ލޯބިވެރިޔެއްގެ މެދުގައި ކުރި ޒުވާބެއް ހޫނުވެ, އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
Advertisement

ފުލުހުން މިއަދު ބުނީ މި މާރާމާރީ ހިނގީ އުމުރުން 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަަލައެއް ފުލުހުންނަށް ހުށައެޅީ މިއަދު 10:05 އެހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް