މިއީ ސިޓީގެ މޭޔަރާއި ދާއިރާތަކުގެ މެންބަރުން ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އަދަދެކެވެ. މާލޭގެ އާބާދީއަކީ 83,813 ކަމަށް ބަލައި ކަނޑައަޅާފައިވާ މި ގޮނޑިތަކުގެ ތެރޭގައި ހިމެނެނީ މޭޔަރުގެ ގޮނޑީގެ އިތުރުން ކައުންސިލަރުންގެ 17 ގޮނޑިއެވެ. ކުރިން ކައުންސިލްގައި ތިބެނީ މޭޔަރު ހިމެނޭގޮތަށް 17 މެންބަރުންނެވެ. މިހެންކަމުން މިފަހަރު އިންތިހާބުގައި އެއް މެންބަރަކު އިތުރުވާނެއެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށެވެ. އެގޮތުން 2024 ވަނަ އަހަރު އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގައި މާލެއަށް 17 ދާއިރާ ކަނޑައަޅާފައި ވާތީ، ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ އެ 17 ދާއިރާއިން ކޮންމެ ދާއިރާއަކަށް މެންބަރެކެވެ. މި 17 މެންބަރުންގެ ތެރޭގައި ހަ އަންހެން ކައުންސިލަރުން ތިބުން ލާޒިމުވެއެވެ.
މީގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް ކައުންސިލަށް މެންބަރުން އިންތިހާބު ކުރާ އަދަދަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮމިޓީގެ ރައީސާއި 17 މެންބަރުންނެވެ. މުޅި ރާއްޖޭގައި ބާއްވާ މި ބޮޑު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.