ads
ފ. އެޓޯލް ސްކޫލްގެ ބައެއް ދަރިފުން
ފ. އަތޮޅު މަދަރުސާގެ ސައިންސް ލެބު ނުނިމި އެބިމުގައި ކަރާ ހައްދަނީ
ފ. ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާގައި އިމާރާތް ކުރުމަށް ފަށާފައިވާ ސައިންސް ލެބުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ އިމާރާތުގެ ސައިޓު ތެރޭގައި ފެނަކައިން ކަރާ ހައްދަން ފަށާފައިވާކަމަށް ފީއަލީ ކައުންސިލުން ހާމަކޮށްފިއެވެ.
Advertisement

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، ސްކޫލް ކުދިންނަށް ބޭނުންވާ ލެބޯޓަރީގެ އަމަލީ މަސައްކަތް ނުނިމި، އެތަން ވަނީ ކަރާ ދަނޑަކަށް ބަދަލުކޮށްފަ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މީޑިއާތަކާ ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ، މި ސައިންސް ލެބުގެ މަސައްކަތް ފެށިގެން އައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު، އެ ތަނުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި މިވީ މުއްދަތުގެ ތެރޭގައި އެ ސައިޓުގައި ކުރެވުނު ހަމައެކަނި މަސައްކަތަކީ "އުކުޅުވަހީކޮޅުގައި ގާކޮޅެއް ޖެހުން" ކަމަށާއި އޭގެ ފަހުން މަސައްކަތް ވަނީ އެއްކޮށް ހުއްޓިފަ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން އޮތްއިރު، އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު އެ ކުންފުނިން އެތަނުގައި ކަރާ ހެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަވެފަ އެވެ. ރަށުގެ ސްކޫލް ކުދިންގެ ތައުލީމީ ކަންކަމާ ގުޅިފައިވާ މުހިންމު ވަސީލަތެއް ގާއިމުކުރުން ލަސްވެ، މަސައްކަތް ކުރަންވީ ސައިޓުގައި ދަނޑުވެރިކަން ކުރަމުންދާތީ ރައްޔިތުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ވާނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް