ads
ފިޝަރީޒް މިނިސްޓަރ ޝިޔާމް
ސަރުކާރުން މަހުގެ އަގު ކަނޑައަޅާތީ ކޭޝް ފްލޯއަށް ދަތިވޭ: ފިޝަރީޒް މިނިސްޓަރު
މަހުގެ އަގު ސަރުކާރުން ކަނޑައަޅާތީ، ބޭރުގެ މާކެޓުގައި މަސް ވިއްކުމަށް އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ދަތިކަން ކުރިމަތިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި ފެށި "މަސްވެރިންގެ ގުންޒަރު"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ބައްޓަންވެފައި އޮންނަނީ ސަރުކާރުގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ކުރިއަށް ދިއުމުގައި ސަރުކާރަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ސަރުކާރުން މަހަށް ވަކި އަގެއް ކަނޑައެޅުމުން، ބޭރު ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާރު ހުރި ގޮންޖެހުންތަކާ އެކުވެސް ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ހައްލު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރީ ވަރަށް ޒަމާންވީ މައްސަލަތަކެއް ކަމަށާއި، މި ކަންކަން ހައްލު ކުރުމަށް ވަގުތާއި ބޮޑު ހޭދައެއް ބޭނުންވާ ކަމަށެވެ. ދުވާފަރުގައި ކުރިއަށްދާ މި ބައްދަލުވުމަކީ މަސްވެރިންނަށް ހުރި ދަތިތަކާ މެދު މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް