ads
ހެކަތޯންގެ ތެރެއިން
ޔޫތް ހެކަތޯން 2025 މިއަދު ފަށަނީ
ޔޫތް މިނިސްޓްރީން "ޔޫތް ހެކް 2025" ގެ ނަމުގައި ކުރިޔަށް ގެންދާ ހެކްތޯން މިއަދު ފަށާނެ އެވެ.
Advertisement
"ޔޫތް ހެކް" އަކީ މުޅި ރާއްޖޭގެ ޒުވާން ވިސްނުންތެރިންނާއި، އުފެއްދުންތެރިންނާއި، މައްސަލަ ހައްލުކުރާ ފަރާތްތަކާއި، ލީޑަރުން އެއްތަނަކަށް އެއްކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށް ގެންދާ ޑައިނަމިކް އިނޮވޭޝަން ޗެލެންޖެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 
"ޑިވެލޮޕަރެއް ކަމުގައި ވިޔަސް، ޑިޒައިނަރެއް ކަމުގައި ވިޔަސް، ވިޔަފާރިވެރިއެއް ކަމުގައި ވިޔަސް، ސްޓްރެޓެޖިސްޓެއް ކަމުގައި ވިޔަސް، ނުވަތަ ހަމައެކަނި ތަފާތު އުފެންދުންތަކެއް އުފައްދަން ޝައުގުވެރިވާ ފަރާތެއް ކަމުގައި ވިޔަސް، ޔޫތު ހެކް އިން ދަސްކޮށް، ކުރިއަރައި، ތިމާގެ ހިޔާލުތައް ދިރުވުމުގެ ފުރުސަތު މިި ޕްލެޓްފޯމެއް ލިބިގެންދާނެ" ޔޫތް މިނިސްޓްރީން ފާހަގަ ކުރި އެެވެ
ޖުމްލަ 48 ގަޑިއިރުގެ ތެރޭގައި ބައިވެރިން އެއްބާރުލުންދީ، ހިޔާލުތައް ހޯދައި، ކަންކަމަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންކަން ބަލާ، ޓެކްނޮލޮޖީ، ވިޔަފާރި، ޑިޒައިން، ކޮމިއުނިޓީ ޑިވެލޮޕްމަންޓް އަދި އެެހެންވެސް ކަންކަމުގައި އެ ބައިވެރިންގެ ހިޔާލު ހޯދުމަށް އެ ބައިވެރިންނާއި އެކު މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ. 



މިއަދު ހަވީރު 5:00 ޖަހާއިރު ފަށާ މި ހެކަތޯން ހޮނިހިރު ދުވަހުގެ ރޭ 8:00 އާއި ހަމަޔަށް ކުރިޔަށް ދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެ އެވެ. 

މި ހެކަތޯން އިން އެއްވަނައަށްދާ ޓީމްއަކަށް 100000 ރުފިޔާ ލިބޭ އިރު ދެވަނައަށް ދާ ޓީމް އަކަށް 75000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމް އަކަށް 25000 ރުފިޔާ ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް