ads
މިޔަރު
ކަށިމިޔަރު މަސްވެރިކަން މަނާކުރަން ކޯޓަށް
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން އާންމުކޮށްފައިވާއިރު އެ ނިންމުން ބާތިލްކޮށް ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް، ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. 

ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ. 

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް އެކަމާއި ގުޅޭ ގަވައިދު މިހާރުވަނީ ނެރެފައެވެ. ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ އޯގަސްޓު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ. އޭރު ރައީސް ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ހުއްދަވާނެކަމަށެވެ. 

ކަށިމިޔަރު މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެކަމަށެވެ. އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހެއެވެ. 

މި ގަވައިދު ބުނާގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ
ސަރަހައްދުތަކުގައެެވެ. މީގެިތުރުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށްކަމަށްވެސް މި ގަވައިދުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް