ads
ކޮމޭޑިއަން ޖެފް ގާސިއާ
އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން ޖެފް ގާސިއާ އުމުރުން 50 އަހަރުގައި މަރުވެއްޖެ
އެމެރިކާގެ މަޝްހޫރު ކާޓޫނު ސީރީޒް "ދަ އެޑްވެންޗާސް އޮފް ޖިމީ ނިއުޓްރޯން، ބޯއި ޖީނިއަސް" ގައި ޝީން އެސްޓެވޭޒްގެ ކެރެކްޓާއަށް އަޑު އަޅައިދިން މަޝްހޫރު ވޮއިސް އެކްޓަރު އަދި ކޮމޭޑިއަން ޖެފް ގާސިއާ މަރުވެއްޖެއެވެ.
Advertisement

އުމުރުން 50 އަހަރުގައި އޭނާ މަރުވީ ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވެފައިވަނީ އެމެރިކާގެ ކެލިފޯނިއާގައެވެ.

ޖެފް ގާސިއާ މަރުވެފައިވަނީ ފުއްޕާމޭގެ މައްސަލަތަކަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުއެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ މަރުވީ ނިއުމޯނިއާ ޖެހި، ހާލަތު ގޯސްވެ ފުއްޕާމޭ ހަލާކުވުމުގެ ސަބަބުން، ލައިފް ސަޕޯޓުން ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު އޭނާގެ ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ވެސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ.

މި ހިތާމަވެރި ހަބަރު އާންމުކޮށްފައިވަނީ އޭނާގެ ދަރިފުޅު ޖޯޖޯ ގާސިއާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޖޯޖޯ ބުނެފައިވަނީ އޭނާގެ ބައްޕައަކީ ތަފާތު މިޒާޖެއްގެ ލޯބިވާ ޝަހުސިއްޔަތެއް ކަމަށާއި، ބައްޕަގެ ހަނދާންތައް އަބަދުވެސް ދެމިހުންނާނެ ކަމަށެވެ. އަދި ބައްޕައަކީ އޭނާގެ "ހީރޯ" ކަމަށް ސިފަކޮށް، ބައްޕަ ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމިހުންނާނެ ކަމަށް ވެސް ޖޯޖޯ ބުނެފައިވެއެވެ.

ޖެފް ގާސިއާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ޖިމީ ނިއުޓްރޯން: ބޯއި ޖީނިއަސް" އިން ފެށިގެން، އެ ކާޓޫނުގެ ސީރީޒްތަކުގައި ޝީންގެ ރޯލުންނެވެ. އޭނާގެ މަގުބޫލުކަމާ ހެދި، ފަހުން "ޕްލެަނެޓް ޝީން" ގެ ނަމުގައި ވަކި ސީރީޒެއް ވެސް އުފެއްދިއެވެ. މީގެ އިތުރުން "ހެޕީ ފީޓް" އަދި "ބާންޔާޑް" ފަދަ މަޝްހޫރު އެނިމޭޓެޑް ފިލްމުތަކުގައި ވެސް އޭނާ ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް