ads
2019 ގައި ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 16 އަހަރުންދަށުގެ މުބާރާތުގެތެރެއިން: - ފައިލް ފޮޓޯ: އެފްއޭއެމް
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި
އަންނަ އަހަރުގެ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
Advertisement

އެފްއޭއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށް ބުނެފަ އެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށެވެ.

އެފްއޭއެމްއިން ބުނީ މުބާރާތުގެ ކަލަންޑަރު ސާފްގެ މެންބަރު ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން އެނގިގެންދަނީ ބައިނަލްއަގުވާމީ ރަނގަޅު ފެންވަރެއްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގާބިލުކަން އެފްއޭއެމްގައި ހުރި ކަމަށް ސާފްއިން ގަބޫލުކުރުމާއި، އެ ޖަމުއިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

"މިއީ ރާއްޖޭގެ ފުޓްބޯޅައަށް ތާރީހީ ވަގުތެއް. ރާއްޖޭގައި ބާއްވާ ސާފްގެ ފުރަތަމަ ޔޫތު މުބާރާތް،" އެފްއޭއެމުން ބުންޏެވެ.

މިއީ، 2019 ވަަަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާ އުމުރުފުރާ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ. 

ހަރުދަނާ އިންތިޒާމުތަކާ އެކު ފެންވަރު ރަނގަޅު މުބާރާތެއް ބާއްވަން މުޅި ފުޓްބޯޅަ އާއިލާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީން އެބައޮތްކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން މިދިޔަ ޖުލައި މަހު، އެ އެސޯސިއޭޝަން ހިންގުމާ ހަވާލުވެ، ކުރަމުން އަންނަ މަސައްކަތަށް ފީފާގެ ތަރުހީބު ވެސް ލިބިފައިވާއިރު، ދާދި ފަހުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް