ads
މެޓް ގާލާ 2026 ގެ ކޯ-ޗެއާއިންނަށް ބިޔޯންސޭ އާއި ވީނަސް ވިލިއަމްސް
މެޓް ގާލާ 2026 ގެ ކޯ-ޗެއާއިންނަށް ބިޔޯންސޭ އާއި ވީނަސް ވިލިއަމްސް
މެޓް ގާލާ 2026 ގެ ކޯ-ޗެއާއިންގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި ޓެނިސް ތަރި ވީނަސް ވިލިއަމްސް އަދި ހޮލީވުޑްގެ އެކްޓަރު ނިކޯލް ކިޑްމަން ހަމަޖައްސައިފިއެވެ.
Advertisement

.މި ތަރިން މި ހަރަކާތް ހިންގުމުގައި ބައިވެރިވާނީ ވޯގްގެ އެނާ ވިންޓާއާ އެކުގައެވެ. މިއީ ފެޝަން ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މެޓް ގާލާގެ އަންނަ އަހަރުގެ މޭ މަހު އޮންނަ އިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތަކެވެ.

މި ފަހަރުގެ މެޓް ގާލާގެ ހޯސްޓް ކޮމިޓީގައި ކޭ-ޕޮޕް ގްރޫޕް ބްލެކްޕިންކްގެ ލީސާ ވަނީ ހިމަނާފައެވެ. ލީސާގެ އިތުރުން މި ކޮމިޓީގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ސަބްރީނާ ކާޕެންޓާ، ޑޯޖާ ކެޓް އަދި ސޭމް ސްމިތު ވެސް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަންނާނުން މި ހަރަކާތުގައި ބައިވެރިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމި މުހިންމު ނިންމުމެކެވެ.

މިއީ ވީނަސް ވިލިއަމްސް މެޓް ގާލާގެ ކޯ-ޗެއާގެ ގޮތުގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ. އޭނާ މި މަގާމަށް ހަމަޖެއްސީ އޭނާގެ ކޮއްކޮ އަދި ޓެނިސް ޗެމްޕިއަން ސެރީނާ ވިލިއަމްސް މި މަގާމު ފުރުއްވިތާ ހަތް އަހަރު ފަހުންނެވެ. ބިޔޯންސޭ ވަނީ 2013 ވަނަ އަހަރު މި ހަރަކާތުގެ އޮނަރަރީ ޗެއާގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ނިކޯލް ކިޑްމަން ވަނީ 2003 އަދި 2005 ވަނަ އަހަރު ކޯ-ޗެއާކަން ކޮށްފައެވެ.

މެޓް ގާލާއަކީ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސް ކޮސްޓިއުމް އިންސްޓިޓިއުޓަށް ފައިސާ ހޯދުމަށް ކޮންމެ އަހަރަކު ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވަނީ އެނާ ވިންޓާއެވެ. ފާއިތުވި އަހަރު ބޭއްވި ހަރަކާތުން ރެކޯޑު އަދަދަކަށް ފައިސާ ލިބިފައިވާއިރު، އެ ފަހަރު ޖުމްލަ 31 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް