ads
އޭސީސީން ބޭއްވި ޖަލްސާއެއްގައި އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވާހަކަ ދެއްކެވި
ނިންމި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 1.6 ބިލިއަން އަދިވެސް ނުލިބޭ: އޭސީސީ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް އެ ކޮމިޝަނުިން ބުނެފިއެވެ.
Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ދަށުން އޭސީސީ  އުފެދުނީ 16 އޮކްޓޯބަރ 2008 ގައެވެ. 

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، އޭސީސީގެ ތަހުގީގުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭކަމަށް އަންގާފައިވާކަމަށެވެ. 

ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަން ކޮމިޝަނުގެ ރައީސް ޝާމިލް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި ތަފާސްހިސާބުން، ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ހަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަށް މި ތަފާސް ހިސާބުން ހާމަވާކަމަށް ކޮމިޝަނުގެ ރައީސް ޝާމިލް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އުފެއްދި 2009 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިލަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ހަމަޖައްސާދީފައިވާކަމަށް އާދަމް ޝާމިލް ވިދާޅުވިއެވެ. އަދި، މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް