ads
މިފްކޯގެ ބޯޓަކަށް މަސްކިރުވަނީ
މިފްކޯއިން ތެޔޮ ވިއްކާ އަގު ކުޑަކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.
Advertisement

މިފްކޯ އިން ބުނި ގޮތުގައި އެ ކުންފުންޏަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ތެޔޮ ވިއްކާނީ ލިޓަރަކަށް 13.90 ލާރި އަށެވެ. ތިން ޓަނަށް ވުރެ އިތުރަށް މަސްކިރާ ނަމަ ލިޓަރެއް ވިއްކާނީ 13.72 ލާރި އަށް ކަމަށް ބުންޏެވެ.

މަސްވެރިންގެ އިތުރުން މިފްކޯގެ ސެންޓަރުތަކުން އާންމުންނަށް ތެޔޮ ވިއްކާ އަގު ވެސް މިއަދުން ފެށިގެން ވަނީ ހެޔޮކޮށްފަ އެވެ. އެއީ 14.43 ލާރި އެވެ.

މިފްކޯއިން ބުނީ، ދައުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވެ ހިންގުމުގެ ހަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ހިދުމަތެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

އަދި މި ބަދަލަކީ މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ އަގުހެޔޮކޮށް، ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން މިއަދު ވަނީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑު ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް