ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
އެންމެފަހުން ކަންނެލި މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލު ކުރައްވަނީ
ބޮޑު ކަންނެލި މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ބައްދަލުކުރައްވަން އެންމެ ފަހުން ނިންމަވައިފިއެވެ.
Advertisement

މިނިސްޓަރު ޝިޔާމް ކަންނެލި މަސްވެރިންނާއި މި ބައްދަލުކުރައްވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި އިހްތިޖާޖުކުރަމުން އަންނަތާ ފަސްދުވަސް ފަހުންނެވެ. 

ބޮޑު ކަންނެލީގެ މަސްވެރިން އިހްތިޖާޖުކުރަން ފެށީ މި އަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް މިދިޔަ ބުދަ ދދުވަހުއެވެ. މިއ އިހްތިޖާޖުގެ ތެރެއިން ފުލުހުން ކަންނެލި މަސްދޯނިތަކަށް އަރާ ތިން މީހަކު ހައްޔަރުކޮށް ދެ ދޯނި ފުލުހުންގެ ބެލެުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. 

ކަންނެލި މަސްވެރިންނާއި މިނިސްޓަރު ސިޔާމް ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ އެމަނިކުފާނުގެ އޮފީހުގައެވެ. މި ބައްދަލުވުން އޮންނާނީ މިއަދު 11:00 ޖަހާއިރުއެވެ. 

ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ސަރުކާރުން ވައުދީ ގޮތަށް ބޮޑު ކަންނެލި މިފްކޯއަށް ގަތުމުގެ މަސައްކަތް އަދިވެސް ފެށިފައި ނުވުމެވެ. 

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯއިން ވަރަށް އަވަހަށް ބޮޑު ކަންނެލި ގަންނަން ފަށާނެކަން އިއުލާންކުރައްވާފައެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް