ads
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ވަރަށް އަވަހަށް މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފަށާނެ: ރައީސް
ވަރަށް އަވަހަށް ސަރުކާރު މަސްކުންފުނި (މިފްކޯ) އަށް ބޮޑު ކަންނެލި ގަންނަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ބޮޑު ކަންނެލި މިފްކޯއަށް ގަތުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި  ބޭއްބި ޖަލްސާގައި ވާހަކަ  ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިފްކޯއަށް ބޮޑު ކަންނެލި ގަތުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އެގޮތުން ހުޅުމާލޭގައި އަޅާ ކަންނެލި ޕްރޮސެސްކުރަން އަޅާ ފެސިލިިޓީ އާއި ކަނޑުއޮތް ގިރީގައި އަޅާ ޕްރޮސެސިން ފެސިލިޓީގެ މަސައްކަތް ފެށުމަކީ އޭގެ ބައެއްކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ބޮޑު ކަންްނެލި މިފްކޯއަށް ގަންނަ ފަށާނީ އެކަން ދެމެހެއްޓެނެވި ގޮތަށް ގެންދެވޭނެ ގޮތްތައް ޔަގީންކޮށްފައިކަމަށެވެ. 

" އާދެ އެހެންވީމަ، ވަރަށް އަވަހަށް އަޅުގަނޑުމެން މި ވައުދު {ބޮޑު ކަންނަލި މިފްކޯއަށް ގަތުން} ފުއްދުމުގެ އަމަލީ ގޮތުން މި ވައުދު ފުއްދުން ހާސިލުކުރާނަން އިރާދަކުރެއްވިޔާ، ވަރަށް އަވަހަށް. ހާސިލުކުރެވިގެން ދިޔައީމާ ދެން މި ކަންބޮޑުވުން އެކީ އެކައްޗަކަށް ނެތިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަކުން ސަރުކާރު ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް މުއިއްޒު ރޭ ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަނީ އިހްތިޖާޖު ކުރަމުންނެވެ. މި އިހްތިޖާޖުތަކުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ގޮތަށް 3 މީހަކު ބުރާސްފަތިދުވަހު ހައްޔަރުކޮށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖެހިއެވެ. އެހެންނަމަވެސް ރޭ ފުލުހުން ވަނީ މައުރޫފް ޒާކިރު ބަންދުން ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް