ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
ސްޕީޗް އެޑިޓް ކުރި ކަމަށް ބުނެ ޓްރަމްޕް ބީބީސީއާ ދެކޮޅަށް ދައުވާކޮށްފި
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްވި ތަގުގީރެއްގެ އަސްލު އޮޅޭ ގޮތަށް އެޑިކޮށް ގެނެސްދީ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ޓްރަމްޕް އިނގިރޭސިވިލާތުގެ އެންމެ ނުފޫޒު ގަދަ މީޑިއާ އެޖެންސީ، ބީބީސީ އަށް ދައުވާކޮށްފި އެވެ.
Advertisement

ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ 6 ޖެނުއަރީ 2021 ގައި ޓްރަމްޕް ދެއްވި ތަގުރީރެކެވެ. ޓްރަމްޕުގެ ވާހަކަތައް އޮޅޭ ގޮތަށް އެޑިޓްކޮށްފައިވާ މައްސަލަ ހާމަވެ އަމާޒުވި ފާޑުކިޔުންތަކާ އެކު މިފަހުން ވަނީ ޗީފް އެގްޒެކެޓިވް ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން ބީބީސީން ރަސްމީކޮށް މި މައްސަލައިގައި ޓްރަމްޕުގެ ކިބައިން ވަނީ މާފަށް އެދިފަ އެވެ.

"ގާތްގަޑަކަށް 55 މިނިޓްގެ ދުރުމިން ހުރި ދެ ތަގުރީރު އެއްކޮށްލައިގެން ބީބީސީގެ ނޫސްވެރިންނާއި ޕްރޮޑިއުސަރުން ގެނެސްދޭނީ ގަސްތުގައި. އެއީ އޮޅުމަކުން ވާނެ ކަމެއް ނޫން." އެ ދައުވާގައި ބުނެފައި ވެއެވެ.

އޭނަ ދައުވާކުރީ ބީބީސީން ގެނެސްދިން ޑޮކިއުމަންޓްރީގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް 10 ބިލިއަން ޑޮލަރު ނަގައި ދިނުމަށް އެދި އެވެ. ޓްރަމްޕަކީ އާންމުކޮށް ނޫސް ތަކަށް ފާޑުކިޔުއްވާ އިންޒާރު ދެއްވާ ބޭފުޅެކެވެ. ދާދި ފަހުން ސީއެންއެންއާ ދެކޮޅަށްވެސް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް