ads
ވިޔަފާރިކުރާ ތަނެއް ބަލާ ފާސްކުރަނީ
ގަވައިދާ ހިލާފަށް ހިންގި 37 ވިޔަފާރިއެއް ބަންދުކޮށްފި
ގަވައިދާ ހިލާފަށް ހިންގި 37 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަލާ ފާސްކުރަން ހިންގަމުން އަންނަ ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ 252 ޝަކުވާއެއް ލިބިފައިވާކަމަށެވެ. އެ ޝަކުވާތަކާއި ގުޅިގެން 98 ތަނެއް ބަލާ ފާަސްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. 

މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 37 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

އޭގެތެރޭގައި ހިމެނެނީ މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާއި ހިލާފުވެގެން  ބަންދުކުރި 25 ވިޔަފާރިއަކާއި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި 12 ވިޔަފާރިއެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.  

ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަދިނީ 8 ވިޔަފާރިއަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް ބަންދުކުރި ތަންތަނުގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް