ads
ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭގޮތް ހަދަނީ
ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭހޮތް ހަދަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ހާއްސަ ހާލަތްތަކުގައި އެ މީހެއްގެ ޕެންޝަން ފަންޑުން އެމީހަކަށް ފައިސާ ނެގޭ ގޮތަށް ގާނޫނު ބަދަލު ކުރައްވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ހެންވޭރު ރައްޔިތުންނާއި އެކު މިމަހުގެ 8 ވަނަދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައެވެ. 

ރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާއިރު ބައެއް ހާލަތުގައި އެއްކޮށް ފައިސާ ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާނެކަމަށެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންކަން ހިމެނުން," ޕެންޝަން ގާނޫނަށް ގެންނަ ބައެއް ބަދަލުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން މިވަގުތު ފައިސާ ނެގެނީ ބޯހިޔާވަހިކަމާއި ހައްޖަށް ދިޔުމަށް އެކަންޏެވެ. އެވެސް ނެގެނީ ވަކި ވަރެއް ހަމަވުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް