މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރި އިބްރާހިމް ވަހީދެވެ.
މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ.
އަދި ހާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ލިބުނީ ކެއާ ސޮސައިޓީ އަށެވެ.
ތައުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ތުޅާދޫ ސިލްވަރ ޝައިން ކްލަބަށް ލިބުނުއިރު ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީހީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ.
ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއެވެ.
ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު ލިބުނީއަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.
މަސްތުވާ ތަކެތިން މުޖްތަމައު ރައްކާތެރިކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 2025 ހާސިލް ކޮއްފައިވަނީ ގިރިންދާ އެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މި ޔޫތް މިނިސްޓަރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 7 ޖަމިއްޔާއަކަށްލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު އެ މިނިސްޓްރީންއިން ވަޒަން ކުރައްވާނެ ކަމަށެވެ.
އަދި އަބަދުވެސް މަސައްކަތް ކުރާނީ މަދަނީ ޖަމިއްޔާތަކާއި އެކު ކަމަށާއި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ މި ވުޒާރާއިން އެންމެ އިސްކަމެއް ދެއްވާނޭ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.