ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ނިމިފައިވާ ބައެއް ޓަވަރުތައް - ފޮޓޯ: ރައީސް އޮފީސް
ފަހި ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ދަށުން މިދިޔަ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތަކަށް މި ސަރުކާރުން ނަގަން ނިންމި ޑިޕޮސިޓަށް ފައިސާ މިހާރު ދައްކައިފައިވާނަމަ، ޑިޕޮސިޓުން ކުޑަވި ބައި ކުލިން ކެނޑޭގޮތަށް ނިންމައިފި އެވެ.
Advertisement

ސެކިއުރިޓީ ޑިޕޮސިޓް ކުޑަ ކުރިއިރު ބައެއް މީހުން ވަނީ، އެ ފައިސާ ދައްކާފަ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި އެ ފައިސާ، އެ މީހުންގެ މަހު ކުލިން އުނިވާނެ އެވެ.

ހައުސިން މިނިސްޓްރީން ރޭ ބުނީ، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. ހަމަ އެ ގޮތަށް ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ކަނޑައަޅާފައިވާ އަދަދު ކުޑަކުރަން ނިންމިކަން އިއުލާން ކުރެއްވީ، ރައީސް މުހައްމަދު މުއިއްޒު، ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންގެ ބައްދަލުވުމުގަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ގެނައި ބަދަލާ އެކު އާ އެއްބަސްވުންތައް ހަދާނެ އެވެ.

މި ސަރުކާރުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް