ads
މީހަކު ވޯޓުލަނީ. ފޮޓޯ: އީސީ
މިފަހަރު އިންތިހާބުގައި 550 ގޮނޑި މަދު ވާނެ: އީސީ
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 550 ގޮނޑި މަދު ވާނެ ކަމަށް އިލްކެޝަންސް ކޮމިޝަން އިން ބުނެފި އެވެ.
Advertisement

އިލްކެޝަންސް ކޮމިޝަން އިން މައުލޫމާތު ދިން ގޮތުގައި މި ފަހަރު ގޮނޑި މަދު ވަނީ  ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ކަމުގައި އެވެ. 

ކުރިން އޮތް ގޮތުން ނަމަ 3000 މީހުންނައް ވުރެން އާބާދީ މަދު ވެއްޖެ ނަމަ 5 ކައުންސިލަރުން ހޮވަން ޖެހުން ނަމަވެސް ފަހުން މަޖިލީހުން އެ ގާނޫނަށް ގެނައި ބަދަލާއި އެކު 2000 މީހުންނައް ވުރެން އާބާދީ ދަށް ނަމަ ދެން ހޮވަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. 

އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. 

މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމި އިރު މި ފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސުން އިންތިހާބު ކުރުމެއް ނޯންނާނެ އެވެ. ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު ދެން ބާއްވާ ކައުންސިލު އިންތިހާބާއެކު އަތޮޅު ކައުންސިލު އުވިގެންދާނެ އެވެ.

ހަރަދު ކުޑަކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުނެފައިވާ އިރު، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމު އުވުމުން އުނިވެގެން ދަނީ 19 މަގާމެކެވެ. އަތޮޅު ކައުންސިލުގެ ރައީސެއްގެ މުސާރައަކީ މަހަކު 33،000 ރުފިޔާ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް