ads
ސިވިލް ސާވަންޓުން
ޖެންޑާ އީކުއަލިޓީ ސީލް ހޯދުމަށް އެދި ހުށަހަޅަން ހުޅުވާލައިފި
ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން 'ހަމަހަމަކަން ކަށަވަރު ނިޝާން' ނުވަތަ 'ޖެންޑާ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.
Advertisement

މިއަދު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން ގެޒެޓް ކުރި އިއުލާނެއްގައިވާ ގޮތުން ޖެންޑަރާ ކުއަލިޓީގެ ގާނޫނުގެ އެންމެ މުހިއްމު އެއް އަސާސަކީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް ކުރާ މަސައްކަތްތަކަކަށްވުން ކަމުގައި އެވެ. 

އަދި މި ގާނޫނު އެދެވޭ ގޮތުގައި ތަންފީޒުކުރުމުގެ ގޮތުން މިގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް އިދާރާތަކުގެ މަސައްކަތްތައް މެއިންސްޓްރީމްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

 ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރެއްވުމަށް 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ރައީސް ޑރ.މުއިއްޒު ނިންމާވާފައިވެ އެވެ. 

މި ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ގައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޝާނެއް ކަމަށާއި  ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ. 

މި ނިޝާން ހުޅުވާލަނީ ތިން ލެވެލްއަކަށް ކަމަށާއި އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މި ނިސާން ހޯދުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދޭ ފަރާތްތަކުންގެޒެޓުގައިވާ ފޯމް މެދުވެރިކޮށް އެކަމާއި ގުޅޭ ލިއެކުއުންތަކާއި އެކު މި މިނިސްޓްރީގެ  އީމެއިލް އަށް މެއިލްކުރެއްވުން އެދޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ހަމަހަމަކަން ކަށަވަރު ނިޝާންގެ މިންގަނޑު ފެމިލީ މިނިސްޓްރީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. 

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް