ads
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ސަރުކާރުގެ އަމާޒަށް ވާސިލްވުމާ ގާތަށް: ޓޫރިސްޓުންގެ އަދަދު 2.15 މިލިއަނަށް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2.15 މިލިއަނަށް ވާސިލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

މި އަދަދަކީ ސަރުކާރުން މި އަހަރަށް ހިފަހެއްޓި 2.2 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވަރަށް ގާތަށް އަންނަން ހުރި ކަމެކެވެ.

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 2,158,341 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.1 ޕަސަންޓުގެ ކުރިއެރުމެކެވެ. މި އަހަރު ޑިސެމްބަރު މަހުގެ 1 އިން 20 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 135,280 ޓޫރިސްޓުން އައިސްފައި ވެއެވެ. މި އަދަދު މިދިޔަ އަހަރުގެ އެ އެއްމެހާ މަހާއި އަޅާކިޔާއިރު 10.8 ޕަސަންޓު އިތުރުވުމެކެވެ.

މި އަހަރުގެ ޓޫރިސްޓުން އަންނަ އެންމެ ބޮޑު ގައުމުތަކުގެ ލިސްޓްގައި ޗައިނާއިން 325,544 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި ރަޝިއާއިން 267,341 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އަދި އިނގިރޭސިވިލާތުން 194,931 ޓޫރިސްޓުން އައިސް ތިންވަނައިގައި އޮތްއިރު، ޖަރުމަނުން 161,854 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް ހަތަރުވަނައިގައި ދަނީ ހިމެނިފައެވެ. މިވަގުތު ރާއްޖޭގައި 178 ރިސޯޓް، 16 ހޮޓަލާއި، 963 ގެސްޓް ހައުސް އަދި 167 ސަފާރީ އުޅަނދު އޮޕަރޭޓްކުރެވެމުން އެބަދަސްދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް