ads
ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
އެއާޕޯޓުން ނަގާ ފީތަކުން 3.5 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް
އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ ގޮތުގައި ދައުލަތަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު މި އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 75 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެއާޕޯޓުން ނަގާ ޓެކުހުގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ވަނީ 1.8 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޑިޕާޗަ ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވެސް އޭގެ ކުރީ އަހަރު ލިބުނު އެއް ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މި އާމްދަނީއަކީ ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީއެވެ. މި އަދަދުތައް އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް