ފުލުހުން ވަނީ މި މީހާ ފެންނަ ގޮތަށް ވީޑިއޯއެއްވެސް އާންމުކޮށްފައި އެވެ.
އެވީޑިއޯއިން ފެންނަ މީހާއަކީ، ސައްހަނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ހޯދަން ބޭނުންވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުން ފާހަގަ ކުރި ގޮތުގައި އޭނާ އާއި ބެހޭ މައުލޫމާތެއް އަދި ފުލުހުންނައް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފަ އެވެ.