ads
ހިޔާ ފްލެޓްގައި މިއަދު ޒަހަމްކޮށްލި މީހާ: އޭނާއަށް ދަނީ ފަރުވާ ދެމުން: ފޮޓޯ: ސަން
ހިޔާ ފްލެޓުގައި ދެބެންގެ މެދުގައި ތޫނު އެއްޗަކުން ހަމަލާ ބަދަލުކޮށްފި
ހުޅުމާލޭ 2 ގައި ހުންނަ ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގައި ދެ ބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ހިޔާ އަށް ވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލި ބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ހަމަލާ ދިން މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް