ads
އޮޔާދާ ހޮޅިތައް - ފޮޓޯ: އެމްއެންޑީއެފް
ހުވަފެންފުށި ކައިރިން ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން ބުނެފި
މާލެއަތޮޅު ނަކައްޗާފުށި ނުވަތަ ހުވަފެންފުށި ރިސޯޓު ކައިރިން ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
Advertisement

އެމްއެންޑީއެފްއިން ބުނީ އޮޔާ ދަނީ، ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް ކޮންނަ ބޯޓެއްގެ 100 މީޓަރު ދިގު ހޮޅިތަކެއް ކަމަށެވެ. 

ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށްކަމަށާއި، އެހެންކަމުން އަލިހުރަސްކަނޑާއި، އެ ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. 

ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް