ads
ރައީސް މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެނީ
ހުޅުމާލޭ ދެ ފިޔަވަހިން ވެސް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދޭނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރާނަމަ އެފަދަ ކޮންމެ އިމާރާތުގެ އެންމެ ތިރީ ފްލޯ ހާއްސަކުރަންޖެހޭނީ ޕާކިންއަށް ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަލް ބޭނުމަށް ހުންނަން ވާނެ ކަމަށެވެ.

ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވީ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ. 

ނަމަވެސް، 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަން ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު އެެގްރީމެންޓުގެ ޖުމުލަ އަގުގެ 10 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ ބިންތައް މިހާރު މައްޗަށް ނެގޭ އާންމު އުސްމިނަކީ ހަ ބުރި އެވެ. ވިލިމާލޭގައިވެސް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދިނުމަށް ރައީސް މުއިއްޒު މިފަހުން ވަނީ ވައުދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް