އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އޮފިޝަލުންނަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ލިބިފައިވަނީ 5000 އެޕްލިކޭޝަންކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ ވޯޓުލާ މަރުކަޒުގެ ގޮތުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދި ވެސް އިތުރަށް ބޭނުންވެއެވެ. އެހެންކަމުން ވޯޓަށް އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު، މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 15:00 އަށް އިތުރުކޮށްފައިވާކަމަށް އީސީން ބުނެއެވެ.
އޮފިޝަލުންނަށް ވުމުގެ ޝަރުތުތައް
މުސާރަ އޮފިޝަލުންނަށް ލިބޭ
އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީސީގެ ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް އެ ކޮމިޝަނުން އެދެއެވެ.
އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދޭންވާނެކަމަށް އީސީން ބުނެއެވެ.