ޔޫތު ހަބްގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ޔޫތު ކޮންފަރެންސް ފައްޓަވައިދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މި ވުޒާރާ ގުޅިގެން ބާއްވާ މިކޮންފަރެންސްކުރިއަށްދާނީ މިއަދާއި މާދަމާރޭގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގަ އެވެ.
ނެޝަނަލް ޔޫތު ކޮންފަރެންސް 2025ގެ ބައިވެރިން
މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވޭ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މިގޮތުން ޖުމްލަ 6 މައުލީއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 23 ވާ އަންގާރަ ދުވަހުގެރެ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތްނަވާނެ އެވެ.