ads
ހައްޔަރު ކުރި ހުސައިން ފާރިސް އުމަރު
ވައިބާ ހެކްކޮށްގެން ސްކޭމް ކުރި އިތުރު މީހަކު ހައްޔަރުކޮށްފި
މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ހުސައިން ފާރިޝް އުމަރު (22އ) ކަމަށް ފުލުހުން ބުނެ އެވެ. 

މީނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަކަމަށް އެ އިދާރާއިން ބުނެ އެވެ.

މިމައްސަލައާ ގުޅިގެން ޖުމުލަ ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ ކަމަށް ފުލުހުން ހާމަ ކުރި އެވެ. 

މި މައްސަލާގައި ކުރިން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ހަސަން އަޒުރާހު (39އ) އާއި ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ހުސައިން ސަމާހު (33އ) ކަމަށް ފުލުހުން ބުނެ އެވެ. 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް