ads
ކްރިމިނަލް ކޯޓް
މިހާރު އޮތް ޖިނާއީ އަދުލުގެ ނިޒާމުން ނަތީޖާއެއް ނުނުކުމޭ
ގާނޫނުލްއުގޫބާތުގެ މައިގަނޑު ބޭނުމަކީ މީހުން އިސްލާހުކުރުންކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން އެދެވޭ ނަތީޖާ ނުނިކުންނަ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު، ބަންދު އަމުރެއްގައި ވިދާޅުވެއްޖެއެވެ.
Advertisement

ސޮފްއަތު މިހެން ވިދާޅުވީ، ވައްކަމުގެ މައްސަލައެއްގައި ކޯޓަށް ބަންދަށް ގެނައި މީހެއްގެ އަމުރުގައސެވެ. މެދު އުމުރެއްގެ މި މީހާއަކީ، ޕޮލިޓެކްނިކް ތެރެއިން ފެނުނު މީހެކެވެ. 

އޭނާ ފެނުމުން ސުވާލުކުރުމުން އޭނާ ބުނީ އެ ތަނުގެ ގުދަން ތެރޭ ފިލައި އޮތުމަށްފަހު ނިކުތީ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާއަށް ތުހުމަތުކުރަނީ ވައްކަންކުރަން ގުދަނަށް ވަތް ކަމަށެވެ.

އޭނާގެ އަމުރުގައި ގާޒީ ސަފްއަތު ފާހަގަކުރެއްވި ގޮތުގައި މި ބާވަތުގެ މައްސަލަ ވަރަށް އާންމުއިރު، އެފަދަ ހާލަތުގައި ތިބޭ މީހުން ކޮންމެ ފަހަރަކު ކުށެއް ކުރާއިރަށް ކުޑަ މުއްދަތަކަށް ބަންދުކޮށް، ބަންދުން ދޫކުރާއިރަށް އަލުން އެ ފަދަ މައްސަލައެއްގައި ހައްޔަރުކުރުން ވެސް އާންމެވެއެވެ. ޖިނާއީ ކުޑަ މައްސަލައެއްގައި ދައުވާ ކުރުމަކީ ވެސް ޚަރަދު ބޮޑު ކަމެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް