ads
ޒުވާނުންގެ ގައުމީ ކޮންފަރެންސްގެ ތެރެއިން
ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުން މުހިންމު: ޔޫތް މިނިސްޓަރު
މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިހާރު ކުރިއަށްދާ ޒުވާނުންގެ ގައުމީ ކޮންފަރެންސްގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްގީކުރުމަކީ މުހިންމުކަމެއްކަމެއް ކަމުގައި އެވެ. 

އަދި ޒުވާނުންނަކީ މުސްތަގްބަލުގެ ލީޑަރުންނާއި ގައުމުގެ ބަތަލުންކަމަށާއި މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މުސްތަގްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަމަށާއި އަދި މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާއީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަހްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި ގައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނެ ގިނަ ޒުވާނުން އެބަތިބިކަމަށާއި އެފަދަ ޒުވާނުން ގައުމަށް ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެކަމަށެވެ.

ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެއްކަމަށާއި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަމަށް އޭނާ ވިދާޅުވި އެވެ.

ކަންނެތް ކަމުގައި ތިބެގެން ހާސިލްވާނެ އެކައްޗެއްވެސް ނެތްކަމަށާއި ތިމާގެ ކާމިޔާބާއި ނާކާމިޔާބު އޮތީ ތިމާގެ އަތުގައިކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ ތިބާއަކީ ކޮންމެ ދާއިރާއެއްގެ މީހަކަށްވިއަސް ގައުމުގެ ކުރިއެރުމަށް އެމީހެއްގެ ހުނަރު ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް