ads
މިއަހަރު އޮލިމްޕަހަށް އައި ބައެއް ފިލްމުތައް
2025 ވަނަ އަހަރު ނިކުތް އެންމެ ރީތި ދިވެހި ފިލްމަކީ ކޮބާ؟
2025 ވެގެން ގޮސްފައިވަނީ އޮލިމްޕަސް ސިނަމާ އަށް ވަރަށް ބާރު ބޮޑު އަހަރަކަށެވެ.
Advertisement

އެގޮތުން މި 2025 ވަނަ އަހަރު އެތަށް ބައިވަރު އަދި ވަރަށްވެސް ތަފާތު މޮޅެތި ފިލްމުތަކެއް ފެނިގެންގޮސްފައިވާ ކަން ފާހަގަ ކޮށްލެވެ އެވެ. 

އެ ގޮތުން ލިލީ، އަލިފާން، ކޮސް ގިނަ މިސްޓޭކް، ސޮރީ، އިލްޒާމް، އަލްވަދާއު އަދި ލޯބިން ފާހަގަ ކޮށްލެވެ އެވެ. 

ދެން މި ފިލްމުތަކުގެ ތެރެއިން ބެލުން އެންމެ ތަފާތު ފިލްމުތައް ރޭންކް ކޮށްލަމާ ހިނގާށެވެ. 

1- އަލްވަދާއު: 

މި ފިލްމަކީ މި އަހަރު ނެރުން އެންމެ ފަހު ފިލްމެވެ. މިއީ ޑާކް ރެއިންގެ މިއަހަރުގެ ދެވަނަ ފިލްމެވެ. މި ފިލްމު ތަފާތުވެގެން ދާ އެންމެ މުހިންމު އެއް ސަބަބަކީ މި ފިލްމުގެ ތަރިންގެ ތަފާތު މޮޅު އެކްޓިން އަދި މި ފިލްމުގެ ލިޔުންތެރިޔާގެ މޮޅު ލިޔުންތެރިކަމޭ ބުނިޔަސް އެއީ ދޮގަކަށް ނުވާނެ އެެވެ. މި ފިލްމު ބެލުމަށް ފަހު ނިކުތް ގިނަ މީހުން ބުނަމުން ދިޔައީ މި ފިލްމު ވެގެން ގޮސްފައިވަނީ މި އަހަރުގެ އެންމެ ރީތި އެއް ފިލްމަށް ކަމުގައި އެވެ. 

2- އަލިފާން:

މިއީ ޑާކް ރެއިން އެންޓާޓައިންމަންޓުން މިއަހަރު ނެރުން ފުރަތަމަ ފިލްމެވެ. މިފިލްމަށް ބެލުންތެރިންގެ ސަޕޯޓް އިންތިހާ އަށް ލިބިފައިވާ އިރު މި ފިލްމުގައި ދިވެހި މުޖްތަމައަށް ދިމާވެފައިވާ އެތަށް ބައިވަރު މައްސަލަތަކެއް ގެނެސްދީފައިވެ އެވެ. މި ފިލްމު ވެގެން ގޮސްފައިވަނީ އާންމުނައް އިންތިހާއަށް ކަމު ދިޔަ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ މި ފިލްމުގައި ފެނިގެންދިޔަ ތަފާތު މޮޅު އެކްސަން ސީކިއުންސް ތަކެވެ.

3- ކަނބޮލު:

މި ފިލްމަކީ މިއީ ލޯބީގެ ތަފާތު ވާހަކަ އެކެވެ. މި ފިލްމުބެލި ގިނަ މީހުން ބުނަމުންދިޔައީ މި ފިލްމު ބަަލަމުން ދިޔަ އިރު ދެ ލޮލުން ކަރުނަ ނުހިކޭ ކަމުގައި އެވެ. އަދި މި ފިލްމުގައި ފެނިގެންދާ އެކްޓިން އަދި މި ވާހަކައިގެ މޮޅު ވާހަކަގެ ސަބަބުން މި ފިލްމު ވެގެންގޮސްފައިވަނީ އާންމުން ގެ ތަރުހީބު އިންތިހާއަށް ލިބިގެން ދިޔަ މޮޅު އަދި ތަފާތު ފިލްމަކަށެވެ. 

4- ލިލީ:

މި ފިލްމަކީ ވަރަށްވެސް ތަފާތު އެހެން ކަހަލަ ވާހަކަ އަކަށް ބިނާވެފައިވާ ތަފާތު މޮޅު ފިލްމެކެވެ. މި ފިލްމުގެ އެންމެ ހާއްސަކަމެއް ކަމަށް ވެގެން ގޮސްފައިވަނީ ދެންވާނީ ކިހިނެތްކަން ނޭންގި ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހޭ އިނުމެވެ. އެންމެ ބޮޑަށް މި ފިލްމުން ފާހަގަވެގެން ގޮސްފައިވަނީ މި ފިލްމުގެ ތަފާތު މޮޅު ލަވަތަކެވެ. އަދި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ފިލްމުގެ މޮޅު އެކްޓިންގެ ވާހަކަ އެވެ. 

5- ސޮރީ:

މިއީ ފާތުމަތު ނަހުލާގެ ފިލްމެކެވެ. މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ފާތިމަތު ނަހުލާ ޑައިރެކްޓްކުރި މި ރޮމޭންޓިކް ޑްރާމާއަކީ ޖަޒުބާތީ ފުންމިނާއި ހިތުގެ އަޑިން ފެނިގެންދިޔަ ފިލްމެއްކަމަށް ކްރިޓިކްސް އާއި ބެލުންތެރިން ބުނަމުން ދިޔަ އެވެ. ރިވިއު ކުރި ފަރާތްތަކުން ވަނީ ވާހަކައާއި ކާސްޓުންނާއި ހާއްސަކޮށް ކުޑަކުދިންގެ އެކްޓަރުންގެ ވަރުގަދަ ކޮންޓްރިބިއުޝަންތަކުން  ބެލުންތެރިންގެ ހިތްތަކަށްވެސް އަސަރުކުރި ކަމުގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް