ads
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދެ އަހަރު އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭނެ: ސައީދު
އަންނަ އަހަރު ކުދި ވިޔަފާރިތަކަށް 500 މިލިޔަން ރުފިޔާގެ ލޯނު ދޭން ނިންމާފައިވޭ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ދިނުމަށް ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އެމަނިކުފާނު ނިންމަަވައިފި އެވެ.
Advertisement

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ކުރިޔަށް އޮތް ދެއަހަރު ދުވަހަކީ އެސްއެމްއީ ސްޓާޓަޕްސް ނުވަތަ ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދެއްވުމަށް، އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ. 

އެގޮތުން ވިޔަފާރީގައި ހިމެނޭ މީރާ، ކަސްޓަމްސް، އެއާޕޯޓްސް، ޕޯޓްސް ފަދަ ގިނަ ވިޔާފާރިއާ ގުޅުން ހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ރައީސް އަރިހުގައި ވިޔަފާރިވެރިން އެދިވަޑައިގެންނެވި ގިނަ ކަންތައްތަކަށް ލުއި ދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. 

"މިސާލަކަށް މީރާ، ކަސްޓަމްސް، ޕޯޓް، އެއާޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ." ސައީދު ވިދާޅުވި އެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމަޖެހޭ ލުއިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރެވުމާއި، ވިޔަފާރިއަކާ ގުޅުންހުރި އެކި ދާއިރާތަކާ ވާހަކަދެކެވިގެން ވިޔަފާރިތަކުން ފާހަަގަކުރާ އަދި ސަރުކާރަށް ފާހަގަކުރެވޭ ކަންކަމަށް ހައްލު ގެންނަ ދެ އަހަރަށް އަންނަ ދެ އަހަރު ހެއްދެވުމަށް ރައީސް ނިންމަވާފައި ވެއެވެ. 

ރައީސް ޑރ.މުއިއްޒުވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ގިނަ މައްސަލަތަކެއް ހައްލުކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓުގައި މުދާ ކްލިއާކުރުމުގެ ހިދުމަތްދޭ ވަގުތު އިތުރުކުރުން ހިމެނެ އެވެ. 

ސައީދު އިތުރަށް ވިދާޅުވީ އެސްއެމްއީ ޑިޖިޓަލުން ލިބިފައިވާ މައުލޫމާތަށް ބަލާލާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 349 މިލިއަން ރުފިޔާ، 595 ވިޔަފާރިއަކަށް ބިޒްނަސް ސަޕޯޓުގެ ނުވަތަ ލުއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި 10 ދާއިރާއެއް ހިމެނޭކަން ސައީދު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް