ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނު ދިފްރާން އަށް އަދި އެކަކު ގޮވައިގެން އޮސްޓްރޭލިއަން އޯޕަން 2026ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ.
ސެޕްޓެމްބަރުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށް ދިޔަ ޕްރޮމޯޝަނަކީ ބީއެމްއެލް އިން ބުނި ގޮތުގައި މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.
މާސްޓަރކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ބީއެމްއެލް އިން މާސްޓާކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް މި ފަދަ ތަފާތު އެކި ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ.
އެގޮތުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓާކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލުމުގެ ފުރުސަތާއި ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގައިފަ އެވެ.