ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ޑްރަގު ވިޔަފާރީގެ ބޮޑުން ހޯދިއްޖެ، އެންމެން ޝަރީއަތަށް ހާޒިރުކުރާނަން: މިނިސްޓަރު
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ އެންމެ އިސް މީހުން ނުވަތަ "ބޮޑުން" ދެނެގަނެވިފައިވާ ކަމަށާއި، އެ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ތަހުގީގުތައް ބައްޓަންކޮށްފައި ވަނީ ސީދާ އެ ވިޔަފާރި ހިންގާ ވެރިންނާ ދިމާލަށް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތުތަކަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޑްރަގު ވިޔަފާރިކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަފޫއާންމުގެ ދަށުން ދެން މައާފު ނުދެއްވާނެ ކަމަށެވެ. މީގެ ކުރިން އިންތިހާބުތަކާ ދިމާކޮށް ނުވަތަ ވެރިކަން ބަދަލުވާ މަރުހަލާގައި ބޮޑެތި ކުށްވެރިން ދޫކޮށްލުމުގެ ސަގާފަތެއް އޮތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބާރު ގާނޫނީ ގޮތުން ދޫކޮށްލައްވާފައެވެ. މީގެ އިތުރުން ޑްރަގު ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ، އެއީ ހަލާލު ގޮތުގައި ހޯދި އެއްޗެއްކަން ސާބިތުކޮށްނުދެވޭނަމަ، ގާނޫނީ އިމުގެ ތެރެއިން އެ ތަކެތި ދައުލަތަށް ނެގުމުގެ ބާރު ވެސް މިހާރު ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވީ މީގެ ކުރިން ފުލުހުންގެ ތަހުގީގުތައް ގިނަ ފަހަރަށް ބިނާވެފައި އޮންނަނީ ހަމައެކަނި އަތުލައިގަނެވޭ މަސްތުވާތަކެއްޗަށް ކަމަށް ވިޔަސް، މިހާރު އެ އުސޫލު ބަދަލުކޮށް ނެޓްވޯކުތައް ހިންގާ އަސްލު މުޖުރިމުން ހޯދަން ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްކުރުން ކަމަށާއި، ދެނެގަނެވިފައިވާ ބޮޑުން ޝަރީއަތާ ހަމައަށް ގެންގޮސް ހައްގު އަދަބު ދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް