ads
އެޗްއާރުސީއެމް
އެޗްއާރުސީއެމް ހިންގަން އޮފީހެއް ހޯދަނީ، އަކަފޫޓަކަށް ގިނަ ވެގެން ހުށަހެޅޭނީ 40 ރުފިޔާ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގުމަށް 8,000 އަކަފޫޓާއި 10,000 އަކަފޫޓާ ދެމެދުގެ ޖާގައިގެ އޮފީސް އިމާރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
Advertisement

އެޗްއާރުސީއެމްއިން އިއްޔެ ބުނީ އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އެ ހޯދާ އާ އިމާރާތަށް ބަދަލު ވެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

ބިޑަށް ކުރިމަތިލާއިރު އަކަފޫޓަކަށް ގިނަ ވެގެން ހުށަހެޅޭނީ 40 ރުފިޔާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ. އެއީ 10,000 އަކަފޫޓްގެ ތަނެއް ނަމަ މަހު ކުއްޔަށް 400,000 ރުފިޔާ އެވެ.

މި ބިޑަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެއީ 85 ޕަސެންޓެވެ. އަނެއް 15 ޕަސެންޓް ދެނީ އޮފީހުގެ ޖާގައަށް ބަލައިގެންނެވެ.

މިކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 10:00 އަށް އެޗްއާރުސީއެމަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިހާރު އެޗްއާރުސީއެމް ހިންގަމުން އަންނަނީ, މ. ޗަނބޭލީވިލާ (ސްޓާކްލައުޑްސް ބިލްޑިން)ގައެވެ. އެއީ ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ އާއިލީ ގެއެކެވެ. އެ ގޭގައި ދައުލަތުގެ ގިނަ އޮފީސްތަކެއް އަންނަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް