މިއީ، މއ. އެރަލްސީ، ޙަސަން މަމްދޫޙް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާރުގެ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ޙީލަތުން ޢާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާރޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކައި އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެވެ.
މި މައްސަލައާ ގުޅިގެން މަންޑޭގެ މައްޗަށް ސާބިތުވި ދަޢުވާތަކަކީ ޓެކުމުގެ 46 ދަޢުވާއާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 44 ދަޢުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ.
މި މައްސަލަތަކުގެ ތެރެއިން މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށްވަނީ ނިންމާފައެވެ.
އަދި މި ދަޢުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން 30 ޑިސެންބަރު 2025 ދުވަހަށް ތާވަލުކޮށްފައިވެއެވެ.
ދަޢުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން މަންޑޭ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފައެވެ.