ads
ފުލުހުން އަތުލާފައުވާ ބަނގުރާ ފުޅިތަކެއް
އަތުން ފެނުނު ރާފުޅިއަކީ "ހަދިޔާއެއް" ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އޭނާގެ އަތުން ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށް ބުނުމުން، ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
Advertisement

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ތަފާތު ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ގްރާމް ހަމަނުވާނެ ކަމަށާއި، ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށް އޭނާ ބުންޏެވެ. އަދި ހަދިޔާއަކަށް ލިބުނު އެ ފުޅި ނުވެސް ކަނޑާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ގާޒީ ނެރުއްވި އަމުރުގައި ވާގޮތުން، އޭނާ ދެއްކި ވާހަކަތަކަށް ބަލާއިރު ވެސް އޭނާ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނުކަން ސާބިތުވާ ކަމަށެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް