ads
ބިދޭސީއަކު ހައްޔަރުކުރަނީ
ބިދޭސީއެއްގެ އެކައުންޓުން މިލިއަނުން ފައިސާ : ބަންދުގެ އިތުރުކޮށްފި
ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދައުރުކުރަމުން ދިޔަ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މީހެއްގެ މައްޗަށެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި، މި މައްސަލައިގައި ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި މައްސަލައާ ގުޅުންހުރި ބަޔާންތަކެއް ކޯޓަށް ހުށަހަޅާފައެވެ. 

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މި މީހާގެ ބޭންކު އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. އަދި މިކަމަށް ބާރުދިނުމުގެ ގޮތުން ފުލުހުން ވަނީ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޑިޕޮސިޓް ސްލިޕްތަކެއް ވެސް ޝަރީއަތަށް ހުށަހަޅާފައެވެ.

ކޯޓު އަމުރުގައި އޭނާ ކުރަމުން ދިޔަ ވިޔަފާރީގެ ތަފްސީލެއް ހާމަކޮށްފައި ނެތް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ހިންގަމުންދާ ކަމެއް ކަމަށް ބެލެވެއެވެ. އެގޮތުން، މި ވިޔަފާރީގެ މުއާމަލާތްތަކުގައި އިތުރު ބަޔަކު ޝާމިލްވާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މި މައްސަލަ ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް