ads
ބީއެމްއެލްގެ ސްޕޯކްސްޕާސަން ސައީދު މީގެ ކުރިން މީޑިއާޔާ ވާހަަކަ ދައްކަވަނީ: އަތްފޯރާ އަގުގައި ފްލެޓް އަޅާ މަޝްރޫއުގެ ތެރޭން ދިވެހި ކުންފުނިތަކާ ވެސް ބައެއް ފްލެޓްތައް ހެދުން ހަވާލުކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ/ބީއެމްއެލް
އިތުރު ފްލެޓުތައް އަޅަން ދިވެހި ކުންފުނިތަކާ ހަވާލުކުރާނެ: ބީއެމްއެލް
ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
Advertisement

ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 2000އަށް ވުރެ ގިނަ ޔުނިޓްގެ މަސައްކަތް ކުރުމަށް ބޭރުގެ ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއާއެކު، ޖުމްލަ 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ އަމާޒަކީ ދިވެހި އާއިލާތަކަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. 

ބީއެމްއެލްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ދަށުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް