ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
ދައުލަތުން ދޭ މާލީ އެހީއަށް ޝަރުތު ހަމަވީ 41 މީޑިއާ
އަމިއްލަ މީޑިއާތަކަށް މިއަހަރު ދައުލަތުން ދިނުމަށް ކަނޑައަޅާފައިވާ މާލީ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެހީ ލިބުމުގެ ޝަރުތު ހަމަވަނީ 41 މީޑިއާއަކަށް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.
Advertisement

މި އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން ޖުމްލަ 57 މީޑިއާއަކުން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ގްރާންޓަށް އެދި ޕްރޮފައިލް ހަދާފައެވެ.

މިއަހަރުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ 27.9 މިލިއަން ރުފިޔާއެވެ. މިއީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓެވެ. މި ފައިސާ ދޫކުރުމުގައި ބަލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ތަންތަނަށެވެ. މީޑިއާތަކަށް މާކްސް ދިނުމުގައި މުވައްޒަފުންގެ އަދަދާއި، ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން މީޑިއާ ތަރައްގީކުރުމަށް ގެންގުޅޭ ޕްލޭން ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އެހީ ދިނުމުގެ މަރުހަލާގައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު، ތިން ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް އެމްއެމްބީސީން ބުންޏެވެ. ޝަރުތު ހަމަވެގެން އެހީ ލިބޭ މީޑިއާތަކަށް ފައިސާ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ކޮންމެ މީޑިއާއަކަށް ވެސް ލިބޭ ފައިސާގެ އަދަދު ޖަމާކޮށްދޭނީ އެއްފަހަރާ ކަމަށް ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް