ads
ގޭންގުތައް ހުއްޓުވަން ފުލުހުން ވަކި ޑިޕާޓްމެންޓެއް ހަދައިފި
އާ ގާނޫނަށް އަމަލުކުރަން ފެށުމުން ގޭންގު ކުށްތައް މަދުވެއްޖެ: ފުލުހުން
ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، މާލެއާއި އަތޮޅުތަކުގައި ގޭންގުތަކުގެ ހަރަކާތްތައް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، މިދިޔަ އޮގަސްޓު މަހު މި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ޖަމާއަތް ހަދައިގެން ކުށްކުރާ މީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ.

އިސްހާގު ވިދާޅުވީ މި ގާނޫނުގެ ދަށުން ފުލުހުންގެ މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ ތަހުގީގު ކުރުމުގެ އިތުރުން ކުށް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމަށެވެ. މިގޮތުން ކުށުގެ ރެކޯޑު އޮންނަ މީހުންނާއި ގޭންގުތައް އެއްވެ އުޅޭކަމަށް ފާހަގަކުރެވޭ "ހޮޓް ސްޕޮޓް" ތައް 24 ގަޑިއިރު ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ޓީމުތަކުން އެ ތަންތަނަށް ޒިޔާރަތްކޮށް، އެތަނުގައި ތިބޭ މީހުން ބަލައި ފާސްކޮށް، އެ ސަރަހައްދުތަކުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާކަން ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތުގެ އަލީގައި ގޭންގުތަކުން ބޭނުންކުރާ "ސޭފް ހައުސް" ތައް ދެނެގަނެ، ކޯޓު އަމުރުގެ ދަށުން އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އިސްހާގު ވިދާޅުވިއެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ރައީސް ތަސްދީގުކުރެއްވީ މިއަހަރުގެ މެއި މަހު ކަމަށް ވާއިރު، މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޭގެ ތިން މަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް